އުފުރާލަންވާ މީހާ ރައްޔިތުން މިހާރު ވަނީ އުފުރާލާފައި ކަމަށާއި ދެން އެންމެން އުފުރާލި ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖެވަޑައިގަތުމަށްފަހު ކުނޫޒުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރާނެ ކަމުގެ ބިރު ދެއްކި ކަމަށާއި ނަމަވެސް ރާޖެ ވަޑައިގަތީ ހައްޔަރުކުރި ނަމަވެސް މައްސަލައެއް ނެތުމުން ކަމަށެވެ. "އެދައްކާ ބިރު ތަކަށް ފަސްޖެހި ތިބެނަ ހަދައިފިނަމަ އެއްވެސް ކަމެއް ނުކޮށް ތިބެން ޖެހޭނީ. ހައްޔަރުކުރާނެ ކަމަށް ވާހަކަތައް ދެއްކި. ސްޓޭޓް އޮފް އިމަރޖެންސީ ހިންގާނެ ކަމަށްވެސް ބުނި."
ޢަލީ ވަޙީދު ވިދާޅުވީ ރާއްޖެ ވަޑައިގެންނެވުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންފި ކަމަށެވެ. މިއަދަކީ ކުނޫޒު ފރަތަމަ ލޮލުން ފެނުނު ދުވަސްކަމަށާއި ޕާޓީގެ މެންބަރުންނާއިވެސް ބައްދަލުވި ދުވަސްކަމަށް ވެސް ވިދާޅުވިއެވެ.
"ރައްޔިތުން މިހާރު ވަނީ ވަރަށް މަތީ އަޣްލަބިއްޔަތަކުން މިހާރު ވެރިކަމުގަ ހުރި މީހާ ގެއަށް ދާން ނިންމާފަ. ބިރާ ކުރިމަތިލާން ނުކެރި ބިރު ފަހަނައަޅައެއް ނުދެވޭނެ. މިވާހަކަދައްކައި ނިމޭތަނުން އައިސް، ޤާސިމް އުފުރާލި ނަމަވެސް، އެންމެން އުފުރާލި ނަމަވެސް އަޅުގަނޑުމެން ކަންބޮޑެއް ނުވޭ. ﷲ އިރާދަކުރެއްވިއްޔާ އުފުރާލަންވާ މީހާ ރައްޔިތުން އުފުރާލައި ނިންމައިފި." ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.
ރައްޔިތުން އުފުރާލަންވާ މީހާ އުފުރާލައިފި - ދެން އެންމެން އުފުރާލި ނަމަވެސް އެއްވެސް މައްސަލައެއް ނެތް!: ޢަލީ ވަޙީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ