ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލާއިރު، ގޮނޑިތައް އެކަށައަޅާނީ ރައްޔިތުން މާޔޫސްނުވާނެ ފަދަ ފޯމިއުލާއަކުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާާޅުވީ މަޖިލިސް އިންތިހާބަށް އެކުގައި ނިކުތުމާއި މެދު، ސަރުކާރުގެ ލީޑަރުންގެ މެދުގައި މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އިރާދަކުރެއްވިއްޔާ ރައްޔިތުން މާޔޫސްނުވާނެ ގޮތަކަށް ފޯމިއުލާއެއް ނެރޭނެކަމަށާއި އެއީ މެޖިކް ފޯމިއުލާއެއްތޯ ސުވާލުނުކުރުމަށެވެ. ނަމަވެސް ﷲ އިރާދަ ކުރެއްވިއްޔާ ނެރޭނީ އެ ފޯމިއުލާކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ.
މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ހާލެއްގައި މަސައްކަތް މި ދަނީ ރާއްޖޭގެ ރައްޔިތުން އެ ރައްޔިތުން ބޭނުންވާ، އިހްތިޔާރް ކުރާ ގޮތަށް އެ ރައްޔިތުންނަށް އިންތިހާބުތަކުގައި ބައިވެރިނުވެވޭނެ ގޮތަކަށް ނޫންކަމަށާއި، މި މަޝްވަރާތައް މާދަމާ ހިސާބު ނިމޭވަރު ވާނޭކަމަށެވެ.
ޝައިޚް އިމްރާންވެސް ވަނީ ކޯލިޝަނުން މަޝްވަރާކޮށް ރައްޔިތުންނަށް ފައިދާާވާނެ ގޮތަކަށް ކަންކަން ނިންމާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ރައްޔިތުން މާޔޫސްނުވާނެ ގޮތަކަށް ފޯމިއުލާއެއް ނެރޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ