މެމްބަރު ހުސައިނާއި އިލްހާމް ޖުމްހޫރީ ޕާޓީއާއި ގުޅިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.ކުރިން ޕީޕީއެމްއަށް ނިސްބަތްވާ މި ދެ މެންބަރުން ޖުމްހޫރީ ޕާޓީއާއި ގުޅިފައިވަނީ އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ދެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.މި ދެބޭފުޅުންގެ ތެރެއިން މެންބަރު ހުސެއިން މުހައްމަދު ލަތީފް ހުންނެވީ ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައެވެ. މެންބަރު އިލްހާމް ދަނގެތި ދާއިރާގެ މެންބަރު ކަމަށް ހޮވިފައިވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އަދި ފަހުން އޭނާ ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.
މެމްބަރު ހުސެއިން ޖޭޕީއާއި ގުޅިއްޖެ
އިލްހާމްއަކީ އެންޓީ ޑިފެކްޝަން ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. އަދި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފަހުން އޭނާ މިނިވަން ވެފައިވާއިރު، އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމާއި ގުޅިގެން ގެއްލުނު ގޮނޑި ވެސް ވަނީ އަނބުރާ ލިބިފައެވެ.އިލްހާމް މިއަދު ޖުމްހޫރީ ޕާޓީއާއި ގުޅިފައިވާއިރު އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް ވަނީ ނިންމާފައެވެ. މި ދެބޭފުޅުންގެ އިތުރުން ދާދިފަހުން ޕީޕީއެމްގައި ހުންނެވި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ވެސް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިފައެވެ.މެންބަރުން ޕާޓީ ބަދަލުކުރުމާއި ގުޅިގެން އެ މެންބަރުންގެ އިހުލާސްތެރިކަމާ މެދު ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
މެމްބަރު އިލްހާމް
މެމްބަރު ހުސެއިން
ޖޭޕީ
އަނާ އަހްމަދު
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ލާމު ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މަރުވެއްޖެ
9 މިނެޓް ކުރިން
މެމްބަރު ހުސައިނާއި އިލްހާމް ޖުމްހޫރީ ޕާޓީއާއި ގުޅިއްޖެ
10 މިނެޓް ކުރިން
ދީޕިކާގެ ކަރުގައި ޖެހި ޓެޓޫ ފޮހެލީބާ؟
3 ގަޑި ކުރިން
ހައިހޫނު ކަމުގެ ސަބަބުން ޔަމަނުގައި 85،000 އާއި ގާތްކުރާ އަދަދަކަށް ކުޑަކުދިން މަރުވެއްޖެ
3 ގަޑި ކުރިން
ފްރާންސް އަތުން އުރުގުއޭ ބަލިވެއްޖެ
3 ގަޑި ކުރިން
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ނ. ހޮޅުދޫއަށް ތައާރަފުކޮށްފި
4 ގަޑި ކުރިން
ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ފެންމަތިވެއްޖެ
22 ގަޑި ކުރިން
ރަންވީރުއާއި ދިޕިކާގެ ކައިވެނީގެ ބައެއް ފޮޓޯތައް
21 ގަޑި ކުރިން
ރަންވީރް އާއި ދިޕިކާގެ މި ފޮޓޯތައް ދުށިންތަ؟
9 ގަޑި ކުރިން
ހުވާ ކުރެއްވިތާ ދެގަޑިއިރު ނުވަނީސް ރައީސް ސޯލިހް ވަނީ ޤާނޫނާއި ޚިލާފްވެ ވަޑައިގެންފައި- ސިއްދީޤް
6 ގަޑި ކުރިން
އިދިކޮޅު ސިޔާސީ ޕާޓީއަކަށް ފުރުސަތު ނުދިނުމަށް އީސީން ކުރަމުންދާ މަސައްކަތް ހުއްޓާލަންޖެހޭ: ނިހާން
21 ގަޑި ކުރިން
ރާއްޖެ ޓީވީގެ ބޭނުމަކީ ކޯލިޝަން ބަލިކަށި ކުރުން: ޖަމީލު
7 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ