ރޭގެ ޖަލްސާގައި ބައިވެރިވި މެމްބަރުނަން ރައީސް މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ޕީޕީއެމްއިން ރޭ ބޭއްވި އަސްލު ޖަލްސާގައި ބައިވެރިވި މެންބަރުންނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަރުހަބާ ވިދާޅުވެެއްޖެ އެވެ.
ރޭ ބޭއްވި އަސްލު ޖަލްސާއާ ގުޅިގެން މިއަދު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާއަށް މެމްބަރުން ތިޔައީ ބަޖުބޫރުވެގެން ކަމަށެވެ. އެޖަލްސާއަށް ތިޔަ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ކެތްތެރިކަމާއެކު ސާބިތުވެ ތިބުމަށްވެސް އެ މަނިކުފާނު ވަނީ އެ މެމްބަރުންނަށް މިއަދު ކުރެއްވި އެޓުވީޓުގައި ގޮވާލައްވާފައެވެ.
އިތުރު ޓްވީޓެއްގައި ރައީސް މައުމޫން ވަނީ ރޭ ޖަލްސާއަށް ދިޔަ ބަޔަކު ރުފިޔާތަކެއް ހިފައިގެން ތިބި ފޮޓޯއެއްވެސް އާއްމުކޮށްފއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ރޭގެ ޖަލްސާ އަށް ވަޑައިގަތުމަށް އެ މަނިކުފާނަށް ދައުވަތު ނުދޭނެ ކަމަށް އެއް ބޭފުޅަކު ވިދާޅުވި އިރު، އަނެއް ބޭފުޅަކު ވިދާޅުވީ ރޭގެ ޖަލްސާއަށް މައުމޫން ވަޑައިނުގެންނެވުމަކީ ޖަލްސާއަށް ލިބުނު ފަޅުކަމެއް ކަމަށެވެ.
އަދި މައުމޫން ސުވާލު އުފައްދަވާފައި ވަނީ އެ ވަރުގެ ކަމެއްގައި ވެސް ތެދު ނުބުނެވޭ ނަމަ ތެދު ބުނެވޭނީ ކޮންކަމެއްގައިތޯ އެވެ.
މައުމޫނު އެހެން ޓުވީޓް ކުރައްވާފައިވާ އިރު ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "އަސްލު" ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ރޭގެ ޖަލްސާގައި އެޕާޓީގެ ރައީސް މައުމޫން ނެތުމަކީ ފަޅު ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ ތެރޭގައި ވަކިން ދެ ކައުންސިލް އުފައްދައިގެން، ޕާޓީ ބައިބައިކޮށްގެން ނުވާނެކަމަށާ، ޕީޕީއެމްގެ މެމްބަރުންނަކީ އެއްބަޔަކު އަނެއްބައެއްގެ ގަޔަށް ޚަންޖަރު ހަރާ ބަޔަކަށް ވެގެން ނުވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ