މެމްބަރު އިބްރާހިމް ދީދީ ރާއްޖެ ވަޑައިގެންފި

ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ ފަރުވާއަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިބްރާހިމް ދީދީ ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ކުރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރެރިޒަމްގެ ދައުވާ އުފުލާފައިވަނިކޮށް، އިބްރާހިމް ދީދީ ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފައިވަނީ މިއަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހު އެވެ.
އެހެން ނަމަވެސް އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި އިބްރާހީމްދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.
ހިތުގެ އާލާސްކަންފުޅެއްގައި އިބްރާހީމް ދީދީ އައިޖީއެމްއެޗުގެ އައިސީޔޫގައި އެޑްމިޓްކުރީ މާޗް މަހުގެ އެއްވަނަ ދުވަހުގެ ރޭ އެވެ.
އިބްރާހިމް ދީދީ ވަނީ މިނިވަންދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރޭ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ