ދިވެހިންގެ ޤައުމު އަނބުރާ ހޯދަން ދިވެހި ރައްޔިތުން ކުރި އިޚްލާޞްތެރި ބުރަ މަސައްކަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ޝުކުރު އަދާކުރައްވައިފިއެވެ.
ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ޓްވީޓުގައިވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އިންތިޚާބީ ނައިބް ރައީސް ފައިޞަލް ނަސީމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދިއަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމާއި އިސްކުރަންވީ ޤައުމުކަންވެސް ޤާސިމް އިބްރާހީމް ވަނީ ފާހަގަކުރައްވައިފައެވެ.
ޤާސިމް އިބްރާހީމްގެ ޓްވީޓް:
"އަލްޙަމްދުލިﷲ ޝުކުރު! މަރުޙަބާ ދިވެހި ލޮބުވެތި ރައްޔިތުން! ރައްޔިތުން ކުރެއްވި އިޚްލާޞްތެރި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރިއަށް ދިވެހި ޤައުމު. އިންތިޚާބު ކާމިޔާބު ކުރެއްވި އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ފައިޞަލް ނަސީމަށް މަރުޙަބާ! މިނިވަން ވަޔާ ކުޅެލާށެ ތާޒާ!"
ދިވެހިންގެ ޤައުމު އަނބުރާ ހޯދަން ރައްޔިތުން ކުރި އިޚްލާޞްތެރި ބުރަ މަސައްކަތަށް ޤާސިމް ޝުކުރު އަދާކުރައްވައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ