މީރާއިން ސްކޫލް ކުދިންނަށްކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ރާއްޖޭގެ ސްކޫލްތަކުގެ ކުދިންނަށް ކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާ އެމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މު މުބާރާތަކީ މީރާގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ "ޓެކްސް ވީކް" ގެ އެއް ހަރަކާތެއް ކަމަށް މީރާއިން ބުނެއެވެ.
މިމުބާރާތުގެ ތީމް އަކީ "ޓެކުހުން އަޅުގަނޑަށް ކުރާ ފައިދާ" އެވެ. އެހެން ކަމުން މުބާރާތުގައި ބައިވެރިވާ ދަރިވަރުން ހުށަހަޅަން ޖެހޭނީ ޓެކްސް ނިޒާމުގެ ސަބަބުން ދަރިވަރަށް ލިބޭ ފައިދާއެއް ނުވަތަ ފައިދާތަކެއް ދައްކުވައިދޭ ކުރެހުމެއް ނުވަތަ ފޮޓޮއެއް ކަމަށް މީރާއިން މަޢުލޫމާތުދެއެވެ.
މިރާއިން މަޢުލޫމާތުދޭ ގޮތުގައި ކުރެހުމުގެ މުބާރާތް އަދި ފޮޓޯ ނެގުމުގެ މުބާރާތް ހުޅުވާލެވިފައިވަނީ 2 ކެޓަގަރީއަކަށެވެ. ކުރެހުމުގެ މުބާރާތް ހުޅުވާލާފައިވާ ކެޓެގަރީ ތަކަކީ ގްރޭޑް 6 އަދި 7ގެ ކެޓަގަރީ އާއި ގްރޭޑް 8،9،10 ގެ ކެޓަގަރީއެވެ. ފޮޓޯ ނެގުމުގެ މުބާރާތް ހުޅުވާލެވިފައިވަނީ ގްރޭޑް 8،9،10 ގެ ކެޓަގަރީ އަދި ގްރޭޑް 11،12 ގެ ކެޓަގަރީއެވެ.
މީރާއިން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތުގައި ސްކޫލަކުން ހުށަހެޅޭނެ ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. ނަމަވެސް ކޮންމެ ދަރިވަރަކަށް ހުށަހެޅޭނީ އެއް ފޮޓޯ އަދި އެއް ކުރެހުން ކަމަށާއި އަދި ފޮޓޯ އާއި ކުރެހުން މީރާއަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަސް ކަމަށް މީރާއިން ބުނެއެވެ.
މިރާއިން ބުނީ މި މުބާރާތުގައި ކޮންމެ ކެޓަގަރީއަކަށް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭނެ ކަމަށާއި އެގޮތުން ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ދާ ދަރިވަރަކަށް 5000 ރުފިޔާގެ އިނާމެއް، އަދި ދެވަނައަށް ދާ ދަރިވަރަކަށް 3000 ރުފިޔާގެ އިނާމެއް އަދި ތިންވަނަ އަށް ދާ ދަރިވަރަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ