ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އިމްރާން ވިދާޅުވީ ރައީސް މައުމޫން ހުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށާއި، އަދި މިއަދު ހިނގަނީ ޕީޕީއެމްގެ ވެރިކަމެއް ވެސް ނޫންކަމަށެވެ.
ރައީސް މައުމޫންގެ ބަހެއް މި ސަރުކާރުން ނާއްސަވާ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރައްވަނީ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަދީބު ބުނާ ގޮތަށް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް ރައީސް މައުމޫން ބަލައިނުގަންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު އަނިޔާއާ ދެކޮޅަށް ދައްކާ ވާހަކަތަކުގެ ވަރަށް ބޮޑު ހިއްސާއެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެބައޮތް ކަމަށާއި، ނަމަވެސް މިއީ ހަމައެކަނި ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރާ މަސައްކަތެއް ނޫންކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހަމައެކަނި ރައީސް ނަޝީދު މިނިވަންކުރުމަށް ކުރާ މަަސައްކަތެއް ނޫން. މިކުރާ މަސައްކަތަކީ އަނިޔާ ލިބިފައިވާ ހުރިހާ ރައްޔިތުން އަނިޔާއިން ސަލާމަތް ކުރުމަށް ކުރާ މަސައްކަތް،" އިމްރާން ވިދާޅުވި އެވެ.
މައުމޫން ވެސް ހުންނެވީ އަނިޔާއާއި ދެކޮޅަށް - އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ