ރާއްޖެ އަށް ބޭނުންވާ ޓީޗަރުންނާއި ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން ބޭރުން ގެނައުމުގެ މަސައްކަތް މޯލްޑިވްސް ވޮލަންޓިއާސް ކޯ އިން ވަރަށް އަވަހަށް ފަށާނެ ކަމަށް ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިއްޔެ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ވޮލަންޓިއާސް ކޯ އިން ފަށަން ރާވާފައިވާ ބައިނަލްއަގުވާމީ ޕްރޮގްރާމާ ބެހޭ މައުލޫމާތު ދެއްވުމަށް ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ފުރަތަމަ އަމާޒު ކުރައްވަނީ އިނގިރޭސި ވިލާތަށް ކަމަށާއި މޯލްޑިވްސް ވޮލަންޓިއާސް ކޯގެ ބައެއްގެ ގޮތުގައި މި ޕްރޮގްރާމް ފުރަތަމަ ހިންގާނީ އިނގިރޭސި ވިލާތުގައި ހުންނަ ހައިކޮމިޝަންގެ ފަރާތުން ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވޮލަންޓިއަ ޓްރަސްޓް ފަންޑެއް އުފައްދަވަން ގަސްދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މޯލްޑިވްސް ވޮލަންޓިއާސް ކޯ އިން ފަށާ ބައިނަލްއަގުވާމީ ޕްރޮގްރާމާ ބެހޭ ގޮތުން ޕްރެސް ކޮންފަރެންސްގައި ނައިބު ރައީސްގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލާއި މޯލްޑިވްސް ވޮލަންޓިއާސް ކޯގެ ޗީފް އެގްޒެކެޓިވް އަލްއުސްތާޒު އަހުމަދު އާހިދު ރަޝީދެވެ.
ޓީޗަރުންނާއި ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން ބޭރުން ގެނައުމުގެ މަސައްކަތް ވޮލަންޓިއާސް ކޯ އިން ވަރަށް އަވަހަށް ފަށާނެ: ނައިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ