މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ޝަރަފުއްދީން ސްކޫލް މޮޅުވެއްޖެއެވެ.
ވާދަވެރި މި ދެޓީމް ކުޅުނު މި މެޗް ޝަރަފުއްދީން ކާމިޔާބުކުރީ 16-4 ލަނޑުންނެވެ.
މެޗުގައި ޝަރަފުއްދީން ސްކޫލުން ޖެހި 16 ލަނޑުގެ ތެރެއިން 5 ލަނޑު ޖަހާދިނީ އަސަދުﷲ އަލީ ސައީދުއެވެ. އެޓީމްގެ އަމްރާން އުމަރު 4 ލަނޑު ޖެހިއިރު ކެޕްޓަން ހާމީ ނަޖާހު ވަނީ ހެޓްރިކް ހަދާފައެވެ.
އެޓީމަށް ދެން ގޯލް ޖަހާ ދިނީ 2 ލަނޑު ޖަހާ ދިން ހުސައިން ރާއިފް ނިޔާޒްގެ އިތުރުން އަބްދުﷲ ޔަމަން ފިރާގް އާއި އަހްމަދު ހުބާބްގެ ވަނީ އެއް ގޯލް ޖަހާފައެވެ.
މުބާރާތުގައި މިހާތަނަށް އެއްވެސް މެޗްކުން މޮޅުވެފައި ނުވާ ހިތަދޫ ސްކޫލުން ވަނީ މިމެޗްގައި 4 ލަނޑު ޖަހާފައެވެ. އެޓީމުން ޖެހި 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖެހީ އަލީ ޝިމާއުއެވެ. ހަތަރު ވަނަ ލަނޑު ޖެހީ އަހްމަދު ރާްއިމް ރަހީނުއެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ސ. އަތޮޅު މަދަރަސާ އާއި ފޭދޫ ސްކޫލްއެވެ. މެޗް ފަށާނީ ހަވީރު 4:15 ގައެވެ.
ޝަރަފުއްދީނުން ހިތަދޫ ސްކޫލް ކޮޅަށް 16 ލަނޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ