މިއަދު ނޫހުގެ އެޑިޓަރު އަބްދުއް ލަތީފް އާދަމްގެ މައްޗަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި އަބުރުގެ ދައުވާގައި، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު މައުމޫނަށް ހައްގުވެއްޖެ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިއަދު ނޫހުގެ ،2010 ޖޫން 13 ވަނަ ދުވަހުގެ އަދަދުގައި "ކުރީގެ ރައީސް މައުމޫން ނަންގަވާފައިވާ 400 މިލިއަން ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުން އެބަދޭ: ނިއު ޔޯކް ޓައިމްސް" ، މި ސުރުހީގެ ދަށުން ހަބަރު ލިޔެފައި ވަނީ މައުމޫންގެ އަބުރާއި ގަދަރާއި އިއްޒަތަށް އަދި ކަރާމާތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ކަމަށް ބުނެ، އަބުރަށް ލިބިފައިވާ މާއްދީ އަދި މައުނަވީ ގެއްލުމުގެ ބަދަލު ހޯދަން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކުރި ހުކުމުގައި ވަނީ މިއަދު ނޫހުގައި ވަނީ ނިއު ޔޯކް ޓައިމްސްގައި ހުރި ވާހަކަތައް ކަމަށެވެ. އަދި ނިއު ޔޯކް ޓައިމްސްގައި ވަނީ ރިއާސީ ގަނޑުވަރުގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ހަވާލާދީ ލިޔެފައިވާ ވާހަކަތަކެއްކަން ތާބިތުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އޮޑިޓާ ޖެނެރަލް އަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު ފަރާތަކަށް ވާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ ކަމަށާއި އެހެން ކަމަށް ވާއިރު އެ ފަދަ ފަރާތަކުން ގާނޫނީ ބާރު ލިބިގެން ނެރެފައިވާ ރިޕޯޓެއް އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު އެއީ ސައްހަ މައުލޫމާތު ކަމުގައި ބަލަން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެފަދަ ރިޕޯޓެއްގައި ހުންނަ ވާހަކަ އަކީ އާންމުކޮށް ޝާއިއުކުރާ ނުވަތަ އެކި ފަރާތްތަކުގެ މެދުގައި ދެކެވޭ ވާހަކައާ ތަފާތު ވާހަކަތަކެއް ކަމަށާއި އޮޑިޓް ރިޕޯޓްގައި ހުންނަ ވާހަކައެއް ދައްކާއިރު އޭގެ ސައްހަކަން ސާބިތުކުރުމުގެ ޒިންމާ އެ ވާހަކަ ދައްކާ ފަރާތުން އުފަލަންޖެހޭ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
މައުމޫން ކުރެއްވި އަބުރުގެ ދައުވާއިން މިއަދު ނޫހުގެ އެޑިޓަރު ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ