އަހުމަދު މުހައްމަދު އިންޑިއާ ސަފީރަކަށް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި

ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު (އަންޑޭ) އައްޔަން ކުރުމަށްޓަކައި ރުހުން ދޭން ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފިއެވެ.
އަހުމަދު މުހައްމަދަށް ރުހުން ދިނީ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަހުމަދު މުހައްމަދަށް ރުހުން ދޭން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓަށް ނަގާނެއެވެ.
ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވި އަހުމަދު މުހައްމަދު އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ރައީސް ޑރ.މުހައްމަދު ވަހީދު ސަރުކާރުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އިންޑިއާގެ ސަފީރު ކަމުގައި މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ ޑރ އަލީ ނަސީރު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ