ނިލަންދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިހާބުވި އަބްދުﷲ ޚަލީލަށް އެއް ވޯޓް އިތުރުވެއްޖެއެވެ.
ހަލީލް އެއް ވޯޓް އިތުރުވީ ނިލަންދޫ ދާއިރާގެ ވޯޓުގެ ނަތީޖާއާ މެދު ޝަކުވާ ހުށަހެޅުމާގުޅިގެން އިލެކްޝަންސް ކޮމިޝަން، އީސީން ނިންމާފައިވާގޮތުގެމަތިން މިއަދު ގުނަމުންދަނިކޮށް ހަލީލަށް ވޯޓް ދީފައިވާ ކަރުދާސްކޮޅެއް މިހާރުގެ މެމްބަރު އަބްދުލް މުހްސިން ހަމީދުގެ ވޯޓް ކަރުދާސްތަކުގެ ތެރޭގައި އޮއްވާ ފެނިގެންނެވެ.
ހަލީލް އެ ގޮނޑި ކާމިޔާބުކުރެއްވީ މުހުސިންއާ ވާދަކޮށް، 645 ވޯޓުންނެވެ. މުހުސިނަށް ލިބިވަޑައިގަތީ 644 ވޯޓެވެ. އެހެންކަމުން އޭނާ އަށް ލިބުނު ޖުމްލަ ވޯޓު 643 އަށް ބަދަލުވެ ހަލީލަށް އެއް ވޯޓު އިތުރުވުމާ އެކު އޭނާ އަށް ވަނީ 646 ވޯޓު ލިބިފަ އެވެ.
އެ ދާއިރާގެ 50 ވޯޓު ފޮށި ހުރިއިރު އެ ހުރިހާ ފޮށިތައް އަލުން ގުނައި ނިމޭނީ މިރޭ އިރާކޮޅު ކަމަށް އިލެކްޝަން ކޮމިޝަނުން ލަފާކުރެ އެވެ.
މުހްސިން ވިދާޅުވީ ބައެއް ވޯޓުތަކުގެ ނަތީޖާގައި އަދިވެސް މައްސަލަ އުޅޭ ކަމަށާއި ބައެއް ވޯޓުތަކަކީ ސައްހަ ވޯޓުގެ ގޮތުގައި ގަބޫނުކުރެވޭ ވޯޓުތަކެއް ވެސް އެބަހުރިކަން ފާހަގަކުރަމުން މުހުސިން ވަނީ ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް މުހުސިން ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ ގޮނޑި މިނިވަން މެމްބަރެއްގެ ގޮތުގައި ވާދަކުރައްވާ ކާމިޔާބުކުރި އަބްދުﷲ ހަލީލަކީ މުހުސިނަށް ބޮޑުބޭބެ ކިޔާ މީހެކެވެ.
ނިލަންދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިހާބުވި މެންބަރަށް ވޯޓެއް އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ