އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ ސަމްޕާ ސަރަހައްދަށް ވަނުމަށް މި މަހުގެ 30 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، އެ މުއްދަތުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕްރޮޕެލާ ގާޑު އެޅުވުމަށް އިތުރު މުއްދަތެއް ނުވަތަ ގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށެވެ. ނަމަވެސް މި މުއްދަތު ހަމަވުމަށްފަހު އެ ސަރަހައްދަށް ވަނުމަށް ރަޖިސްޓްރީ ކޮށްދެވޭނީ ޕްރޮޕެލާ ގާޑު އެޅުވުމަށްފަހު ހުށަހަޅާ އުޅަނދުތައް އެކަނި ކަމަށް އެ އެޖެންސީން ބުންޏެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުން، އީޕީއޭ އިން ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުރިހާ އުޅަނދުތަކެއްވެސް ރަޖިސްޓްރީ ކުރުމުގެ ކަންކަން ނިންމުމަށް އެދިފައެވެ. 2009 ވަނަ އަހަރު ހިމާޔަތްކުރި މި ސަރަހައްދަކީ ރާއްޖޭގެ ތިމާވެށީގެ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެވެ.
"ސަމްޕާ" ސަރަހައްދަށް ވަންނަ އުޅަނދުތަކުގައި ޕްރޮޕެލާ ގާޑު އަޅުވަން އިތުރު މުއްދަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ