މަޝްރޫޢުގެ ތަފްސީލު ދެއްވަމުން މުންދު ވިދާޅުވީ، ބީއެމްއެލްއާ ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ފިޔަވައި އެހެން ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތެއް މިހާރު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިފައިވާކަމަށެވެ. އެގޮތުން، އެ މަސައްކަތްތަކުގެ ޑިޒައިން ކުރެހުންތައް ނިމި، އެޕްރޫވް ކުރެވިފައިވާ ކަމަށާއި މިހާރު އޮތީ ޢަމަލީ މަސައްކަތް ފަށާ ހިސާބުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
ފްލެޓް ލިސްޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ "ކްރޮސް ވެރިފިކޭޝަން" ނުވަތަ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ. މިއީ ފޯމު ހުށަހެޅިއިރު ދީފައިވާ އާމްދަނީއާއި ރަށްވެހިކަން ފަދަ ކަންކަމަކީ ތެދު މަޢުލޫމާތުތޯ ބެލުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މުންދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕޮއިންޓް ދެނީ އޮން ފޭސް ވެލިއު. އެކަމަކު ހުރިހާ ފަރާތްތަކަކުން ހުށަހަޅަނީ ޞައްހަ މަޢުލޫމާތެއް ނޫން. ރަނގަޅަށް ނުބަލާ ފްލެޓް ހަވާލުކުރުމަކީ އެހެން މީހެއްގެ ޙައްޤު ގެއްލިދާނެ ކަމެއް،" މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ކަމާބެހޭ އިދާރާތައް މެދުވެރިކޮށް މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެއީ ވަގުތު ނަގާ މަސައްކަތެއް ކަމަށާއި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ބޯހިޔާވަހިކަން ޙައްޤުވާ ފަރާތްތަކަށް އެ ފުރުޞަތު ދެއްވުންކަމަށެވެ.
ބީއެމްއެލްއާ ޙަވާލުކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއަށް 710 ޔުނިޓް އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ