ސްކޫ ކުދީން ހިމެނޭ ހަރަކާތްތައް ކުރިޔަށް، ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވަނީ ހުއްޓާލަން އަންގާފައި ނުވާ ކަމަށް!

ސްކޫލު ކުދީން ހިމެނޭ ކުޅިވަރު ހަރަކާތްތައް ހުއްޓާ ނުލައި ކުރިޔަށް ގެންދާތީ އެކަމާ ސުވާލު ދެންނެވުމުން، ސްޕޯޓްސް ކޮމިޝަނަށް ރަސްމީ އެއްވެސް ފަރާތަކުން އެކަންކަން ހުއްޓުމަށް އަންގާފައި ނުވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހުމާއި ރޯގާ އާއި ހިމަބިހި އަދި ފާނުބަސަންދު ހަލުވިކަމާއިއެކު ފެތުރެމުންދާތީ އާއި، ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކުގައި ކިޔެވުމުގެ އިތުރުން ކުރިޔަށް ގެންދާ ހުރިހައި ހަރަކާތްތައް ހުއްޓާލުމަށް އަންގާފައެވެ.
އެހެންނަމަވެސް ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބް ޖަމިއްޔާ ޖަމާއަތްތަކުން ކުޑަކުދިންނަށް ހިންގާ ހަރަކާތްތައް ހުއްޓާނުލައި ކުރިޔަށް ގެންދާ މައްސަލާގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރު އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް ވިދާޅުވީ ހެލްތު މިނިސްޓްރީން ވެސް އަދި ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް އެފަދަ ކަމެއް ހުއްޓުވައިދިނުމަށް މިއަދާއި ހަމަޔަށް އެކޮމިޝަނަށް އަންގާފައި ނުވާ ކަމަށެވެ.
މިދިޔަމަހުގެ 23 ވަނަ ދުވަހު އެޗްޕީއޭއިންވެސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް19) އާއި ގުޅިގެން އެކަމަށް ދުރާލައި ތައްޔާރުވުމަށް ޓަކައި މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް އިލްތިމާސްކޮށް އެވެ.
ސުކޫލްތަކުން އިތުރު ހަރަކާތްތައް ހުއްޓާލައިފައިވީ ނަމަވެސް އެސޯސިއޭޝަންތަކާއި، އެކަޑަމީތަކުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާތީ، ގިނަ ބަޔަކު ދަނީ އެކަމާ ޝަކުވާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ