މިއީ ދެ މޫސުން ބެދޭއިރު ކުރާ ވިއްސާރައެއް: މެޓް

މިހާރު ރާއްޖެ އަށް ކުރަމުން މިދަނީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކުރާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮންމެ އަހަރެއްގެ މި ދުވަސްވަރު ހޫނު ގަދަކޮށް އޮތުމަށް ފަހު ވިއްސާރަކުރާނެ ކަމަށެވެ.
"އާއްމުކޮށް އެޕްރީލް މަހު ހޫނު ގަދަ ވާނެ. އަދި ވިއްސާރަ ވެސް ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ދުވަސްވަރު އާއްމު ގޮތެއްގައި ވިއްސާރަ ކުރާނީ އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ.
"ލަފާކުރެވޭ ގޮތުގައި ވައި ގަދައެއް ނުވާނެ. އަދި ކަނޑު ވެސް އެހާ ގަދަވާނެ ކަމަށް ފޯކާސްޓެއް ނުކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެ ވައި ގަދަ ވާނެ ކަމަށް ލަފާކުރެވެނީ 30 މޭލަށް ކަމަށެވެ. މާލެ އަށް މިއަދު ހެނދުނުން ފެށިގެން އަންނަނީ ވިއްސާރަ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ