ސްކޫލް ފުޓްބޯޅަ މުބާރާތް: އޭދަފުށި ބަލިކޮށް ދަރުމަވަންތަ ފައިނަލަށް

އަށާރާ އަހަރުން ދަށުގެ މައިލޯ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޕެނަލްޓީ ޖަހައިގެން 6-5 އިން އޭދަފުށި ބަލިކޮށް، ދަރުމަވަންތަ ސުކޫލުން ހޯދައިފި އެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދަރުމަވަންތަ ސުކޫލްގެ ގޯލްކީޕަރު އިބްރާހިމް ލަބާން ހޯދިއިރު، އޭނަ ވަނީ އިއްޔެ މެޗުގައި އިދިކޮޅު ޓީމުން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.
ދަރުމަވަންތައާ ދެކޮޅަށް ފައިނަލުގައި ބައްދަލުކުރާނެ ދެވަނަ ޓީމެއް ކަށަވަރު ވާނީ މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި އަހުމަދިއްޔާ ސްކޫލާއި ގުރައިދޫ ސްކޫލް ބައްދަލުކުރާ މެޗަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ