މިހާރު ކުރިއަށްދާ "ލަކްމޭ ފެޝަން ވީކް 2018" ގައި ސްރީ ދޭވީގެ ދެ ދަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރު އެކުގައި ފެނިގެން ގޮސްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު މި ދެބެން ރޭމްޕް ވާކްގައި ފެނިގެން ގޮސްފައިވަނީ ޑިޒައިނަރ ކުނާލް ރާވަލް ގެ ހެދުމުގައެވެ. ޖާންވީ ފެނިގެން ގޮސްފައިވަނީ ކަޅުކުލައިގެ ކުރު ސްކާޓަކާއި ހުދު ކުލައިގެ ގަމީހެއްގެ ބޭރުން ކަޅު ޖެކެޓެއް ލާފައި ހުއްޓައެވެ. ހުޝީ ފެނިގެން ގޮސްފައިވަނީ ފްލޯރަލް ހެދުމެއްގައެވެ. މި ޝޯގައި ޖާންވީ އާއި ހުޝީގެ ބޭބެ އަރުޖުން ކަޕޫރު ވެސް ވަނީ ފެނިގެން ގޮސްފައެވެ.
މި އިވެންޓްގައި ޖާންވީއާ އެކު "ދަޅަކް" އިން ފެނިގެން ދިޔަ އިޝާން ޚައްތަރު އާއި ފިލްމްގެ ޑައިރެކްޓަރ ޝަޝާންކް ކެއިތަން ވެސް ވަނީ ފެނިގެން ގޮސްފައެވެ.
މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރާއި ވަރުން ދަވަން ވެސް ވަނީ ޑިޒައިނާ ކުނާލް ގެ ހެދުމެއްގައި ފެނިގެން ގޮސްފައެވެ. އިތުރަށް މިޝޯއިން ފެނިގެންދިޔަ މަޝްހޫރު ބޮލީވުޑް ތަރިންގެ ތެރޭގައި ދިއާ މިރްޒާ، ރާޖް ކުމާރު ރާއޯ، ބިޕާޝާ ބާސޫ، ޝްރުތީ ހަސަން، ޝްރިޔާ ސަރަން، ނެހާ ދޫޕިއާ އާއި ފިރިމީހާ އަންގަދް ބޭދީ، މަލައިކާ އަރޯރާ އަދި ކާޖޮލް އަގަރްވާލް ހިމެނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ލަކްމޭ ފެޝަން ވީކް 2018 ގައި ހުޝީ އާއި ޖާންވީ އެކުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ