އުރީދޫން ވީއައިއޭގައި ޑިޖިޓަލް ކިއޯސްކެއް ބަހައްޓައިފި

ރާއްޖެއަށް އަންނަ ފަތުރުވެރިން އަމިއްލައަށް ހިދުމަތް ހޯދޭ ޑިޖިޓަލް ކިއޯސްކެއް އުރީދޫ މޯލްޑިވްސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބަހައްޓައިފިއެވެ.
24 ގަޑިއިރުގެ ހިދުމަތް ލިބޭ މި ކިއޯސްކް ވީއައިއޭގައި ބަހައްޓާފައިވަނީ އެކަމަށް ހާއްސަކޮށްގެން މިއަދު ވީއައިއޭގައި ބޭއްވި ހަފުލާއެއްގައެވެ. އުރީދޫން ބޭއްވި މި ހަފުލާގައި ޑިޖިޓަލް ކިއޯސްކް އިފްތިތާހުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު މައުސޫމް އަބްދުﷲ އެވެ.
އުރީދޫން ބުނީ މިއަދު ވީއައިއޭގައި ގާއިމު ކުރި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ޓުއަރިޒަމް ސިމް ކާޑު ގަނެވޭނެ ކަމަށާއި މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތާއި ރީޗާޖް ހިދުމަތް ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި އުރީދޫ އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ހިދުމަތްވެސް ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
ކޮވިޑް 19އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ހާލަތަށް ބަލާއިރު މިފަދަ ހިދުމަތެއް ތައާރަފުކުރުމަކީ އުރީދޫގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށް ބަލާއިރުވެސް މުހިއްމު ކަމެއް ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
27 ސެޕްޓެމްބަރު 2020، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަމިއްލައަށް ހިދުމަތް ހޯދޭ ކިއޯސްކެއް ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އުރީދޫ މޯލްޑިވްސް

މި ހަފުލާއަށްފަހު ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫން އަބަދުވެސް މަސައްކަތް ކުރަނީ ކުންފުނީގެ ތަސައްވުރާއި އެއްގޮތަށް މުޖުތަމައުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ހޯދައިދިނުމަށް ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަސަރު ކޮށްފައިވާ އިރު، ރާއްޖޭގައި ހިދުމަތްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މާހައުލަކަށް ހަދައިދިނުމަށް ކުރާ މަސައްކަތުގައި އުރީދޫން ބައިވެރިވުމަކީ ކުންފުނީގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.
މިއަދު ވީއައިއޭގައި ކުރިއަށްދިޔަ މި ހަފުލާގައި ޓުއަރިޒަމް މިނިސްޓަރު މައުސޫމްގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ގޯޑަން އެންޑްރިއު އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އުރީދޫން ވަނީ ދާދި ފަހުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ލޯންޗުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ