މިއަހަރުގެ އެސްއެސްސީ އިމްތިހާނުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި 14 ގައިދީ އަކު ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއީ ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.
އެސްއެސްސީ އިމްތިހާންގައި މިދިޔަ އަހަރުވެސް 16 ގައިދީއަކު ވަނީ ބައިވެރިކޮށްފަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯ ޤުރުއާން އެންޑް ސުންނަތް ގުޅިގެން މިހާރުވެސް އެކިކަހަލަ ކޯސްތައް ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެ އެވެ. އެގޮތުން ގުރުއާން ކްލާސްތަކާއި ދީނީ އިލްމުގެ ކޯސްތައްވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ހިންގަމުން ގެންދެ އެވެ.
ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި ގައިދީން ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ