ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ހަމަލާ ދެއްވިކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙްއަށް ނާޒިމް ހުށަހެޅުއްވި ސިޓީގައި ބުނެފައިވަނީ އޭނާ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އޭނާގެ ގައިކޮޅަށް އަތްލައި އަނގަމަތީގައި ޖެއްސެވި ކަމަށެވެ. އަދި ރިޔާޒް ޖެއްސެވި މަންޒަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފެނިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި މަހުގެ 16 ވަނަ ދުވަހު ހުށަހެޅުއްވި މައްސަލައާއި ގުޅިގެން މައްސަލަ ރައްދުވާ ފަރާތްކަމުގައިވާާ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ރާއްޖެއެމްވީއާއި ހަވާލާދީ ވިދާޅުވީ އޭނާ ނާޒިމްގެ ގައިކޮޅުގައި ނުޖައްސަވާ ކަމަށާއި އަދި ނާޒިމަށް ހަމަލާ ވެސް ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ނާޒިމް އޭނާގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވައި އޭނާގެ މައިކަށް ދަމާ ހެއްދެވި ކަަމަށެވެ. އަދި އެކަމުގެ ތެރޭގައި ނާޒިމްގެ އަމިއްލަ އަތުން މޫނުމަތީގައި ޖެހުނީ ކަމަށް ވެދާނެ ކަމަށެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރ ނާޒިމްއަށް ހަމަލާ ދެއްވިކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ