ސްކޫލް ޓީޗާރސް ކްރިކެޓް މުބާރާތް އަންނަ މަހު ބާއްވަނީ

ކްރިކެޓް ބޯރޑުުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ސްކޫލް ޓީޗާރސް ކްރިކެޓް މުބާރާތް، އަންނަމަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޓީޗަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ބާއްވާ މި މުބާރާތް އޮންނާނީ، އަންނަ މަހުގެ 9 އަދި 10 ވަނަ ދުވަހު ކަމަށް، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މުބާރާތުގައި ކުޅެވެނީ ހަމައެކަނި ސްކޫލުގެ ރަޖިސްޓަރީގައިވާ ޓީޗަރުންއާއި ސްކޫލުގެ މުވައްޒަފުނަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ 14:00އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ