ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ސިޓްރަން ސީފުޑް ޗޮޕްސުއޭ ރައިސް

ސިޓްރަން ސީފުޑް ޗޮޕްސުއޭ ރައިސް ބޭނުންވާ ތަކެތި: 100ގ ޑީޕް ފްރައިޑް ސީފުޑް (ކަޓަލްފިޝް، ޕްރޯންސް، އަދި ރީފްފިޝް ތެލުލާފައި) 2/1 ކެރެޓް (ކޮށާފައި) ބެލްޕެޕަރ (ރަތް، ރީނދޫ އަދި ފެހިކުލައިގެ) 2 ބީންސް 3 މަޝްރޫމް (ކޮށާފައި) 3 ބޭބީ ކޯން (ކޮށާފައި) 2/1 ގްރީން ކިއުކަަންބަރ (ކޮށާފައި) 2މސ އޮއިސްޓަރ ސޯސް 2/1ސސ ހަކުރު 2/1ސސ އަސޭމިރުސް 2/1ސސ ޗިލީ ޕޭސްޓް 8މސ ޗިކަން ސްޓޮކް 2/1 ބަޓަރ 2ސސ އިނގުރު 2ސސ ލޮނުމެދު 3މސ ކޯން ފްލަރ (ފެނުގައި ގިރާފައި) 2މސ ސެސަމީ އޮއިލް 1 ސްޕްރިންގ އަނިއަން ތައްޔާރުކުރާނެ ގޮތް: ބަޓަރ ކޮޅެއްގައި ލޮނުމެދު އަދި އިނގުރުކޮޅު ކުޑަކޮށް ރަތްވެލީމާ ބެލްޕެޕަރ، ބޭބީ ކޯން، ބީންސް، މަޝްރޫމް، ކެރެޓް، އަދި ކިއުކަންބަރ އަޅައި އެއްކޮށްލާށެވެ. ދެން ސެސަމީ އޮއިލް ފޮދެއް އަޅާލާށެވެ. އެއަށް ފަހު ޗިކަން ސްޓޮކް، ޗިލީ ޕޭސްޓް، އޮއިސްޓަރ ސޯސް އަދި ރަހަލާ ވަރަށް ކުޑަ ހަކުރުކޮޅެއް އެއްކޮށްލާށެވެ. އަދި ކޯން ފްލަރ، ސީފުޑް، ސްޕރިންގ އަނިއަން އަޅައި ގަދަ ގިނީގައި ކުޑައިރުކޮޅަކު ކައްކާލާށެވެ. ރައިސްކޮޅު ކުޑަތެޔޮފެދެއް، ބިސް، އަދި ސްޕްރިންގ އަނިއަން ބޭނުންކޮށްގެން ހަނާކޮށްލާށެވެ. އެއަށް ފަހު ކުރިން ތައްޔާރުކުރި ޗޮޕްސުއޭ އާއި އެއްކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ