މިމަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ތާއިދު ކުރާ ފަރާތްތައް އިއުލާނު ކުރުމަށް މާދަމާރޭ އާޓިފިޝަލް ބީޗުގައި ބޮޑު ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ބުނެފިއެވެ. ޓީމު އުމަރުން މައުލޫމާތުދޭ ގޮތުގައި މާދަމާރޭ 9:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ދިޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.                         
"ޓީމް އުމަރު" ގެ ކޮންގްރެސް ކެންފެއިން ލޯންޗްކުރުމުގެ އިވެންޓުގެ ތެރޭ ކޮންގްރެސްގެ މަގާމްތަކަށް މިހާރު ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން އުމަރު ނަސީރު ތާއީދު ކުރައްވާ ބޭފުޅުން އެންދޯޒް ކުރުން އޮންނާނެއެވެ." ޓިމު އުމަރުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. 
މާދަމާރޭ ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު އުމަރު ނަސީރުވަނީ ޑެޕިއުޓީ ލީޑަރު ކަމަށް ވާދަ ކުރައްވާ ގެމަނަފުށި ދައިރާގެ މެމްބަރު އިލްހާމު އަހުމަދަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފައެވެ.
    
    ކޮންގްރެސްގައި އުމަރު ތާއިދު ކުރާ ފަރާތްތައް މާދަމާރޭ ރަސްމީކޮށް އިއުލާނު ކުރަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            