ރައްޔިތުން އުއްމީދުކުރާފަދަ ހިތްވަރާއި ކެރުން ފުލުހުން ދައްކަންޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ރައްޔިތުން ފުލުހުންނާމެދު އުންމީދުކުރާފަދަ ހިތްވަރާއި ކެރުން ފުލުހުންގެ ފަރާތުން ދެއްކުމަށާއި ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އެދިވަޑައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިހެން ވިދާޅުވީ ފުލުހުންގެ 22 ވަނަ އަސާސީ ތަމްރީން ކޯހުން ދަސްވެނިވި ފުލުހުންނަށް ސެޓްފިކެޓާއި މެޑެލް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމަބުން ރިޔާޒް ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ނުކުންނެވުމުން އެނުކެންނެވުނީ މަގުތަކަމަށާއި އަވައްޓެރިންގެ ގާތަށް އަދި މުޖުތަމައެއްގެ ތެރެއަށް ކަމުގައެވެ.
އަދި ފުލުހުންގެ އެންމެ މުހިއްމު ސިފައަކީ ހިތްވަރާއި ކެރުން ކަމަށާއި ޚިދުމަތުގައި އާދަޔަ ޚިލާފު ކެރުމާއި ސާބިތުކަން ދެއްކެވުމުގެ ތެރޭގައި ދުނިޔެ ދޫކުރި އަދި ޝަހީދުވި ފުލުހުންގެ ޒިކުރާތައް އާކޮށް އެފުލުހުން ދެއްކެވި ނަމޫނާއިން ޢިބުރަތް ހާސިލުކުރަމްޖެހޭކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ އަޚުލާޤާއި ސުލޫކު ހިފަހައްޓައިގެން ސްކޫލް ކުދިންނަށާއި މުޖުތަމަޢުގެ އެހެންމީހުންނަށްވެސް އަބަދުވެސް ހެޔޮ ނަމޫނާ ދައްކާ އަދި މަތިވެރި އަޚުލާޤުގެ ވެރި ބަޔަކަށް ފުލުހުން ވުމަށް ގަދައަޅާ މަސައްކަތްކުރެއްވުމަށް ޕޮލިސް ކޮމިޝަނަރ ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ