މަލީޝާއިން އޮޅުވާލައިގެން ފައިސާ ނަގާފައިވާތީ އިތުރު 8 މީހަކު ޕޮލިހަށް މައްސަލަ ހުށަހަޅައިފި

ހައްޖަށް ގެންދާނެ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ނަގާފައިވާތީ އިތުރު 8 މީހަކު މަލީޝާ ޖަމާއަތާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި އިތުރު 8 މީހަކު މަލީޝާއާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ އިރު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އިތުރުން 52 މީހަކު ވެސްވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
މަލީޝާ ޖަމާއަތުގެ ވެރިމީހާ އިސްމާއީލު އަބުދުއްލަތީފު ހޯދުމަށް ފުލުހުން އިއްޔެވަނީ އިއުލާނުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މިހާރު ހުރީ ރާއްޖެއިން ބޭރުގައެވެ.
ހައްޖަށް ގެންދާނެ ކަމަށް ބުނެ ކޯޓާ ވެސް ދޫކޮށްފައި ނުވަނީސް އޮޅުވާލައިގެން އާއްމުންގެ އަތުން ފައިސާ ނެގި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ބުނެއެވެ.
މަލީޝާ ހައްޖު ގުރޫޕުން އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ ލަސްނުކޮށް އެމައްސަލައެއް ވެސް ހުށަހެޅުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ