ޕާޓީތަކުގެ އިންތިހާބީ ރައީސުންގެ ބާރު ކަނޑަވާލުމަކީ ރާއްޖޭގެ ދިމިގުރާތީ ނިޒާމަށް އޮތް ގޮންޖެހުމެއް: ރައީސް މައުމޫން

ސިޔާސީ ޕާޓީ ތަކުގެ އިންތިޚާބީ ރައީސުންގެ އަތުން ޕާޓީ ހިންގުމުގެ ބާރު، ނިގުޅައިގަތުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ރާއްޖޭގެ ދީމުޤްރާޠީ ނިޒާމަށާއި ރާއްޖޭގައި އުފެދިފައިވާ ހުރިހައި ސިޔާސީ ޕާޓީތަކަށްވެސް ކުރިމަތިވާ ވަރުގަދަ ގޮންޖެހުމެއްކަމަށް ޕީޕީއެމްހެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ޕީ.ޕީ.އެމް ގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ފޮނުވި ޚިޠާބުގައި ވިދާޅުވެފައިވަނީ ޕާޓީތަކުގެ އިންތިހާބީ ރައީސުންގެ ބާރު ކަނޑަވާލުމަކީ ރާއްޖޭގެ ދިމިގުރާތީ ނިޒާމަށް އޮތް ގޮންޖެހުމެއް ކަމަށާއި އެހެންކަމުން، ރާއްޖޭގެ ދިމުޤްރާޠީ ނިޒާމުގެ ދިފާޢުގައި އަދި ރާއްޖޭގެ ޤާނޫނު އަސާސީގެ ދިފާޢުގައި، އެންމެން ގުޅިގެން މިދަނޑިވަޅުގައި މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި މިގޮތަށް މަސައްކަތް ނުކޮށްފިނަމަ، ސިޔާސީ ގޮތުން ރާއްޖެ ވެށްޓިގެން ދާނީ ފުންމިން ނޭނގޭ ވަރަށް އަނދިރި ވަޅުގަނޑަކަށެވެ.
އެމަނިކުފާން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 48 އަހަރު ފުރިގެންދާ މުނާސަބަތާ ކުރިމަތިލާއިރު، ޖުމްހޫރިއްޔާއެއްގެ ޙަޤީޤީ މާނައިގައި، އެއަށް ޢަމަލުކުރުމަށް އަޅުގަނޑުމެން އިސްކަންދޭންޖެހޭނެ ކަމަށެވެ އެގޮއެގޮތުން . ޖުމްހޫރިއްޔާއެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ އެ ޖުމްހޫރިއްޔާއެއްގައި ހިމެނޭ ރައްޔިތުންކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި. އެއީ ޖުމްހޫރިއްޔާއެއްގައި، ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އެ ޖުމްހޫރިއްޔާއެއްގެ ރައްޔިތުންގެ ކިބައިން ކަމަށްވާތީ ކަމަށް ރައީސް މައުމޫންގެ ހިތޯބުގައި ވިދާޅުވެފައިވެއެވެ.
ޤާނޫނު އަސާސީ ގައިވާ ގޮތުން ދައުލަތް ހިންގުމުގެ އެންމެހާ އުސޫލުތައް ގާނޫނު އަސާސީން ކަނޑައަޅާއިރު، މި ގާނޫނު އަސާސީ ދަމަހައްޓައި، ދިފާއު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރާއިރު، ވެރިކަން ކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެހެން ކަމުން، ދައުލަތު ގެ ތިން ބާރު ވަކިވެފައިވާ ނިޒާމަަކަށް ދިވެހިން ތާއީދު ކޮށް އެނިޒާމު ގެނައި އިރު ދައުލަތުގެ މުއައްސަސާ ތަކުން ޢަމަލު ކުރަންވާނީ އެގޮތުގެ މަތީން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެއް ބާރުން އަނެއްބާރަށް ނުފޫޒު ފޯރުވާ އެއް ބާރުން އަނެއްބާރުގެ މައްޗަށް ގަދަވެ ގަތުމަށް މަސައްކަތް ކުރުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ ދެވަނަ ޖުމްހޫރިއްޔާއަށް 48 އަހަރު ފުރޭ މިއުފާވެރި ޖުމްހޫރީ ދުވަހު ގެ ހެޔޮއެދުމާއި ތަހުނިޔާ، ޕީ.ޕީ.އެމް ގެ އެންމެހާ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ދަންނަވަމެވެ.
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ