އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އެ ކޯޓުން އަންގައިފި އެވެ.
ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްސަލަ ބަލަނީ ކޮމިޝަންގެ ޕްރެސް ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކަވާތީ އާއި 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާނުލަން ކޯޓުން ކުރި ހުކުމާ ޚިލާފަށް އަމަލުކޮށްފައިވާތީއެވެ.
އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2 ޖަހާއިރު އެވެ. މީގެކުރިން ވެސް މި މައްސަލައިގެ އަޑު އެހުމެއް ބޭއްވި އެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެމަޖިލީހުގައި ހިމެނިވަޑައި ގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އެމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ޖަވާބުދާރީވުމުގެ ފުރުސަތު އެ ކޮމިޝަނަށް ދީފައިވެ އެވެ. އަދި އޭގެ ފަހުން އެމައްސަލައިގެ އަޑު އެހުމެއް ބާއްވަން މަސައްކަތްކުރި ނަމަވެސް ކޮމިޝަންގެ އެދުމަކަށް އެ އަޑު އެހުން ފަސްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ