މާމިގިލީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލުން ބާއްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލީ ދާއިރާގެ ފަރާތުން ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވި ބޭފުޅާ ނަން އަނބުރާ ގެންދިޔުމުން އަލުން އެ ދާއިރާގެ ޕްރައިމަރީ ބޭއްވުމށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ އެ ދާއިރާގެ ޕްރައިމަރީ އަލުން ހުޅުވާލީ ކުރިން ބޭއްވި ޕްރައިމަރީގަ ޓިކެޓް ކަށަވަރު ކުރި މުހައްމަދު ހަމްދާނުގެ ނަން އަނބުރާ ގެންދިއުމުން ކަމަށެވެ.
އެމްޑީޕީން ވަނީ މިދައިރާއިން އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މެންބަރުން ޕާޓީގެ ވެބްސައިޓްގައިވާ “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމް” ފުރިހަމަކޮށް އެފޯމާއެކު ހުށައަޅަންޖެހޭ ތަކެއްޗާއެކު މިއަދު މެންދުރު 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް ހުށައެޅުއްވުމަށް އެދިފައެވެ.
އެމްޑީޕީން ބުނީ މިދާއިރާގެ ޕްރައިމަރީއެއް ބާއްވަންޖެހިއްޖެނަމަ ޕްރައިމަރީ ބާއްވާނީ މާދަމާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ