މާލެއަށް މޫސުން ގޯސްވެ ފެރީގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މާލެ ސަރަހައްދަށް މިއަދު މެންދުރު ފަހު މޫސޫން ގޯސްވެ ކަނޑުގަދަވެ ވައިބާރުވުމާއި ގުޅިގެން އެމްޓީސީއިން ދެމުންގެންދާ ފެރީގެ ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.
އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް އޮފިޝަރ އިސްމާއިލް ފާރިގް ވިދާޅުވީ ބައި ގަޑިއެއް ހާރު ހިދުމަތް މެދުކެނޑުން ނަމަވެސް މިހާރު އަލުން ހިދުމަތް ފަށާފައިވާކަމަށެވެ.
ވިލިނގިލީ ފެރީގެ ކަންތައްތަކާއި ހަވާލުވެވަޑައިގެން ހުންނެވި އާދަމް ޒަކީ ވިދާޅުވީ ސެޑިއުލްއާއި އެއްގޮތަށް ދަތުރު ނުކުރެވޭކަމަށާއި ނަމަވެސް ހިދުމަތް މެދުކަނޑާ ނުލައި ދަތުރުތައް ކުރިއަށް ގެންދާކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ކުނިއުކާލާ ބާޖުގެ އިތުރުން ސިޓީކައުންސިލުން ހަމަޖައްސައިގެން ކުނިއުކާލާ ދޯނިފަހަރު ހަރަކާތްތެރިވާތީ ފެރީތަކަށް ވަރަށް ބޮޑަށް ދަތިވަމުން ދާކަމަށެވެ.
ރަމަޟާން މަސް ނޫނަސް އާންމުކޮށް ހަވީރުގެ ވަގުތަކީ ފެރީގެ ހިދުމަތަށް ބާރު ބޮޑު ގަޑިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ