ބަޖެޓްގައި ކިނބިދޫ ދާއިރާގެ މަޝްރޫއުތައް ހިމަނަން އެދިއްޖެ

ކިނބިދޫ ދާއިރާގައި ހިމެނޭ ރަށްތަކުގެ ޝްރޫއުތައް ބަޖެޓުގައި ހިމަނައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެދިވަޑައިގެންފި އެވެ. އޭނާ މި ގޮތަށް އެދި ވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރަށް ފޮނުއްވެވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި ރިޔާޒުގެ އެދިވަޑައިގެންފައި ވަނީ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު ކިނބިދޫ ދާއިރާގެ ފަސް ރަށުގެ މަޝްރޫއުތައް ބަޖެޓުގައި ހިމެނައި ދެއްވުމަށެވެ. އެ ރަށްތަކުގައި ކުރިއަށް ގެންދަން އިސްކަންދޭ މަޝްރޫއުތަކެއް ވެސް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
އޭގެ ތެރޭގައި އޮމަދޫގައި ބަނދަރު ހެދުމާއި ހިރިލަންދޫ ބިން ހިއްކުމާއި ކިނބިދޫ ނަރުދަމާ ނިޒާމާއި ކަނޑޫދޫ ފެނާއި ނަރުދަމާ އާއި ވަންދޫ ގިރާ ސަރަހައްދާއި ގޮނޑުދޮށް ހިމާޔަތް ކުރުން ފާހަގަ ކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ