މޫސުން ގޯސް، ރާއްޖޭގެ ހުރިހާ ހިސާބަކަށްހެން ވިއްސާރަ

ކުރިއަށް އޮތް 24 ގަޑިއިރުގައި ރާއްޖޭގެ ހުރިހާ ހިސާބަހަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
އެއިދާރާއިން ލާފާކުރާގޮތުގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެއެވެ.
އަދި ހއ.އަތޮޅުން ފެށިގެން ފ. އަތޮޅުގެ ރަށްތަކާހަމައަށް މިއަދު ހެނދުނު 7:00އިން މެންދުރު 12:00އާ ހަމައަށް ހުދު ސަމާލުގެ އިންޒާރު ވަނީ ނެރެފައެވެ. މިސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރާވެހޭނެކަމަށާ، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
އަދި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއި އެކު ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށާ، ޢާއްމުގޮތެއްގައި މިއަދު ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމުދުގެ ބާރު މިނެއްގައިކަމަށް މެޓް އޮފީހުން ބުނެއެވެ.
ހިއްސާކުރައްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ