ކަރަންޓް ކުންފުނި، ސްޓެލްކޯގެ އިންޖީނުގެއިން މާލެއަށް ކަރަންޓް ދޫކުރާ އެއް ޖަނަރޭޓަރު ހަލާކުވުމާ ގުޅިގެން ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކަރަންޓް ކުންފުނިން އިލްތިމާސްކޮށްފި އެވެ.
އެ ކުންފުނިން މިއަދު ވަނީ ކަރަންޓް ބޭނުން ކުރާ ނިސްބަތް މާލޭގައި މަދު ކުރުމަށް އެދި ބަޔާނެއް ވެސް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ހަލާކުވެފައިވާ ޖަނަރޭޓަރު ހަދަމުންދާތީ މާލެއަށް ބޭނުން ކަރަންޓް މިވަގުތަށް އުފެއްދޭ މިންވަރު މަދު ކަމަށާއި މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު މަތިވާ ނަމަ އެކި ސަރަހައްދުތަކުން ދޭތެރޭ ދޭތެރެއިން ގަޑިއެއްހާއިރަށް ކަރަންޓް ކެނޑޭނެ ކަމަށެވެ.
އެގޮތުން ކަރަންޓް ބޭނުންކުރާ ނިސްބަތް މަދުކޮށް މަތީ ކަރަންޓް ބޭނުންވާ ތަކެތި ބޭނުން ކުރުމުގައި ސަމާލުވާން ވަނީ އެދިފައެވެ.
އެއް އިންޖީނު ހުރީ ހަލާކުވެފައި، މާލޭގައި ކަރަންޓް ބޭނުން ކުރުން މަދުކުރޭ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ