ފުރަތަމަ ޑިގްރީއަށް މިއަހަރު 85 މިލިއަން ރުފިޔާ ދޫކޮށްފި

ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް މިއަހަރުގެ މިހާތަނަށް 85 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްގެ ދަށުން ފެބްރުއަރީ 2019ގަ އެވެ. 
ރާއްޖޭގައި ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފައިސާ ދައްކައިދެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުންނެވެ.
ތަފްސީލް - ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، މި ސްކީމްގެ ދަށުން 8086 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.
އެގޮތުން:
މިއަހަރު 1100 ދަރިވަރުން މި ސްކީމުގެ ދަށުން އަލަށް ކިޔަވަން ފަށާފައިވޭ؛ އެއީ 704 އަންހެން ދަރިވަރުން އަދި 464 ފިރިހެން ދަރިވަރުން
2068 ދަރިވަރުން މިއަހަރު ގްރެޖުއޭޓުވާނެ؛ އެއީ 1355 އަންހެން ދަރިވަރުން އަދި 713 ފިރިހެން ދަރިވަރުން
މިހާތަނަށް 3888 ދަރިވަަރަކު މި ސްކީމުގެ ދަށުން ކިޔަވަން ރަޖިސްޓާކޮށްފައިވޭ؛ އެއީ 2406 އަންހެން ދަރިވަރުން އަދި 1482 ފިރިހެން ދަރިވަރުން
މިހާތަނަށް މި ސްކީމްގެ ދަށުން ކިޔެވި 5412 ދަރިވަރަކު ގްރެޖުއޭޓު ވެފައިވޭ؛ އެއީ 3517 އަންހެން ދަރިވަރުން އަދި 1895 ފިރިހެން ދަރިވަރުން
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް މިހާތަނަށް 235.8 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ