ސަރުކާރުން 2028 ގެ ނިޔަލަށް ފަސް މިލިއަން ގަސް އިންދުމަށް ހިންގާ ޕްރޮގްރާމުގައި އަމާނާ ތަކާފުލް އިން ބައިވެރިވެެ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ކުޑަގިރީގައި 100 ދިވެހި ރުއް އިންދައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން އަމާނާ ތަކާފުލްގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރް) ގެ ދަށުން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައި އަމާނާ ތަކާފުލްގެ އިސްވެރިން އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވި އެވެ.
މި މަސައްކަތަކީ ސަރުކާރުގެ ގްރީން ޕްލެޖަށް އެހީތެރިވުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ ތެރެއިން އަމާނާ ތަކާފުލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީއަށް އޮތް އިލްތިޒާމު ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުޑަގިރި ތަރައްގީކުރީ ރައްޔިތުންނަށް މުނިފޫހިފިލުވުމަށް ބޭނުންކުރެވޭ ފެހި ރަށެއްގެ ގޮތުގައެވެ.
އަމާނާ ތަކާފުލްއިން މުޖުތަމައުއާއި ތިމާވެށްޓަށް ފައިދާހުރި މަޝްރޫއުތަކަށް އެހީތެރިވުމަށް އަބަދުވެސް މަސައްކަތްކުރަމުން ގެންދެ އެވެ.
އަމާނާ ތަކާފުލްއިން ކުޑަގިރީގައި 100 ދިވެހި ރުއް އިންދައިފި އަމާނާ ތަކާފުލްއިން ކުޑަގިރީގައި 100 ދިވެހި ރުއް އިންދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ