މިިދިޔަ މަހުގެ ނިޔަލަށް މިއަހަރު 1000އަށް ވުރެ ގިނަ އެކްސިޑެންޓު

މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ 1101 މަގުމަތީ އެކްސިޑެންޓު މާލޭ ސަރަހައްދުގައި ހިނގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަހައްދުތަކުގައި ކޮންމެ މަހަކު ވެސް 100 އާއި 200އާ ދެމެދުގެ އަދަދަކަށް މަގުމަތީގެ އެކްސިޑެންޓުތައް ހިނގަ އެވެ.އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ކޮންމެ މަހަކު ވެސް 150 އާއި 200އާ ދެމެދުގެ އަދަދަކަށް އެކްސިޑެންޓުތައް ހިނގައިފައިވެއެވެ. އެގޮތުން:ޖަނަވަރީ: 151 އެކްސިޑެންޓްފެބްރުވަރީ: 215 އެކްސިޑެންޓްމާރިޗް: 187 އެކްސިޑެންޓްއޭޕްރިލް: 161 އެކްސިޑެންޓްމެއި: 207 އެކްސިޑެންޓްޖޫން: 180 އެކްސިޑެންޓްއެ އެކްސިޑެންޓުތަކުގައި ލިބުނު އަނިޔާތަކުގެ އަދަދު 121އަށް އަރާއިރު، އުޅަނދުތަކަށް ލިބުނު ގެއްލުމުގެ އަދަދު 1107އަށް އަރައެވެ. އޭގެ ތެރެއިން ސީރިއަސް އަނިޔާގެ ހާދިސާތައް 61އަށް އަރާއިރު ސީރިއަސް ނޫން 1040 އަނިޔާތައް އެކި މީހުންނަށް ލިބިފައިވެ އެވެ.ފުލުހުން ވަނީ އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެންމެން ވެސް ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މަގުތައް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެދިފައެވެ.ރޭ ހިނގި އެކްސިޑެންޓުގައި މަރުވި އަލްސަންގެ ކަށުނަމާދު މިއަދު ބާއްވައިފައިވާއިރު، ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ