ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން އައިފޯން 16 އެއް ލިބިދާނެ ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން އައިފޯން 16 އެއް ލިބިދާނެ

ދިރާގުޕޭގެ އައު ޕްލެޓްފޯމަށް ރަޖިސްޓަރީކޮށްގެން އައިފޯން 16 އެއް ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ފަށައިފި އެވެ.
ދިރާގުޕޭގެ އައު ޕްލެޓްފޯމަށް ރަޖިސްޓްރީ ކުރާ އަދި މިހާރު ވެސް ރަޖިސްޓްރީ ކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 30، ގެ ނިޔަލަށެވެ.
ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ހިމެނެ އެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ފައިސާގެ މުއާމަލާތުތައް ކުރުމަށް ކަސްޓަމަރުންނަށް ރައްކާތެރި، ހަލުއި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
ދިރާގު ފިންޓެކަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ