ތަކުރާރުކޮށް އޮޅުވާލައިގެން ފައިސާ ހޯދި މީހަކު އަައްޑޫ ހިތަދޫން ހައްޔަރު ކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ޝިހާން ޝިޔާމް، 29، ޑޭލައިޓް ވިލާ/ސ. ފޭދޫ އެވެ.
ތަފްސީލް - ފުލުހުން ބުނީ ޝިހާން ހައްޔަރު ކުރީ މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ކަމަށެވެ.
އެންޓި-ސްކޭމް ސެންޓަރާއި ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހު
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެކި ދުވަސް މަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން
ޝިހާންއާ ގުޅޭ އެފަދަ އިތުރު 12 މައްސަލައެއް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން:
މިދިޔަ 30 ޖޫންގައި ޝިހާން މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި މަކަރާއި ހީލަތުން 30،000ރ.އަށް ވުރެ ގިނަ ފައިސާ އެ މީހާގެ އަތުން ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވޭ
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުން
މި 12 މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ 380،000ރ.އަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓުގައި ދައުރުކޮށްފައިވާ ކަމަށް ތަހުގީގަށް އެނގިފައިވޭ
މި 12 މައްސަލައިގެ ޖުމުލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ
ޝިހާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ތަކުރާރުކޮށް އޮޅުވާލައިގެން ފައިސާ ހޯދި މީހަކު އައްޑޫން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ