'ރަސްމާލެ' މަޝްރޫއު ކުރިއަށްދާ މިންވަރު ބެލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން މިއަދު އެ ސަރަހައްދަށް ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - 'ރަސްމާލެ'ގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ކުރިއަށް ގެންދަން ނިންމި މަޝްރޫއަކީމާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
ތަފްސީލް - މި ސަރުކާރުގެ އެންމެ ކުރީކޮޅު މަސައްކަތް ފެށި އެ މަޝްރޫއުގެ ސްޕީޑު ލަސްކަމާއި، ބިން ހިއްކުން ކުރިއަށް ނުދާކަމަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ރަސްމާލެއަށް ޒިޔާރަތްކޮށްފައިވަނީ އެ ސަރަހައްދުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލުމަށެވެ.
އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އެ މަޝްރޫއަށް ގާތްގަނޑަކަށް ދެ އަހަރު ވާން ކައިރިވެފައިވާއިރު މަޝްރޫއާ ބެހޭ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވެސް ދިވެހި އެންމެހާ ރައްޔިތުން ވެސް ވަރަށް ބޮޑު އުއްމީދެއްގައި ރައީސް މުއިއްޒަށް ވޯޓު ދިނީ މިތަނުން ގެވަޅު ލިބި، މިތަނުން ފްލެޓު ލިބި މިތަނުގައި ދިރިއުޅުމުގެ އުއްމީދުގައި. އަޅުގަނޑު ވެސް ﷲ އިރާދަކުރެއްވިއްޔާ ދިރިއުޅެން އަންނާނީ މިތަނަށް،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ރަސްމާލެ ހިއްކާ ސަރަހައްދަށް ގޮސް ބެލި ބެލުމުން ފާހަގަވީ ކަމަކީ އެ ސަރަހައްދުން އަދި ހިއްކުނީ 100 އެއްހާ ހެކްޓަރުކަން ކަމަށެވެ. އެތަނުގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅަށް މުސާރަ އާއި އިނާޔަތްތައް ވެސް ނުދޭ ކަމަށް އެމީހުންނާ ހަވާލާދީ މައުރޫފް ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ސަރުކާރުގެ ތެރެއިން ނުލިބޭ ކަމަށާއި އެފަދަ މައުލޫމާތު ހޯދުނު ގޮތަކަށް ހޯދަން މަޖުބޫރުވާ ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން މިތަނަށް މި އައީ،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް، 11،000 ގޯއްޗާއި 26،000އަށް ވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން:
މިއީ ބިމުގެ ބޮޑު މިނަށް ބަލާ ނަމަ، ހުޅުމާލެ ފޭސް 2 ހިމެނޭހެން ހުޅުމާލޭގެ ތިން ގުނަ ބޮޑު ސިޓީއެއް
ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރަނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ކަންކަން ވެސް ހިމަނައިގެން
ރަސްމާލެ މަޝްރޫއު ބަލައިލަން އެމްޑީޕީ ޕީޖީ މެންބަރުން ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ