ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަގުން ބައެއް ބަންދުކުރުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން 13 އޮކްޓޯބަރުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ ވަކި ސަރަހައްދަކުމް އެއްފަޅި ބަންދުކުރެވޭނެ ކަމަށެވެ.
ބަންދުކުރުމަކީ އެމްއެމްއޭ ހިމެނޭ ސަރަހައްދެވެ. ކައުންސިލުން ބުނި ގޮތުގައި އެ ސަރަހައްދުގެ ފަޅުން ބައެއް ވެސް ބަންދު ކުރާނެ އެވެ. އަދި ބާރުބޮޑުވާ ވަގުތުތަކުގައި ޓްރެފިކަށް ވެސް ބައެއް ސަރަހައްދުތައް ބަންދު ކުރާނެ އެވެ.
ބަންދުކުރާ ސަރަހައްދު އަންގައިދޭ ޗާޓް
މިއީ މާލޭގައި އެންމެ ބާރު ބޮޑު ސަރަހައްދެވެ. ފެރީ ލޯންޗުތައް ފުރާ ސަރަހައްދު ކަމުން އަބަދުވެސް މި ސަރަހައްދަށް ބާރު ބޮޑުވެ އެވެ.
ކައުންސިލުން ވަނީ އެ ކަމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދޭ ކަމަށް ބުންޏެވެ.
އަދި ބަންދު ކުރެވޭ ސަރަހައްދު އެނގޭނެ ގޮތުގެ ޗާޓެއް ވަނީ އާންމުކޮށްފަ އެވެ.
މަގު ހަދަން އެމްއެމްއޭ ސަރަހައްދުގެ މަގާއި ފަޅުން ބައެއް ދެ މަހަށް ބަންދު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ