ޕްރަސަންނާގެ މޮޅު ކުޅުމާއެކު ކުޑަފުށިން ޖޯލި މޯލްޑިވްސް ބަލިކޮށްފި

ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ޖޯލި މޯލްޑިވްސް ބަލިކޮށް ކުޑަފުށިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޖޯލި މޯލްޑިވްސް ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން މީދުއްޕަރު އަތުން މޮޅުވެފައިވާއިރު، މިއީ ކުޑަފުށިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
މުޅި މެޗުގައި ވެސް ކުޑަފުށީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 17-25 ގެ ނަތީޖާއަކުންނެވެ. 
މީގެ އިތުރުން މެޗުގެ ދެވަނަ ސެޓް ނުވަ ޕޮއިންޓްގެ ފަރަގަކާއެކު 16-25 ގެ ނަތީޖާއަކުން ކުޑަފުށި ކާމިޔާބުކުރިއިރު، ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަފުށީގެ ޕްރަސަންނާ އެވެ.
15 އޮގަސްޓް 2025 އިން 29 އޮގަސްޓް 2025 ގެ ނިޔަލަށް، ރ.މީދޫގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ގުރޫޕް އޭގައި ޖޯލި މޯލްޑިވްސް، ކޯރާ ކޯރާ މޯލްޑިވްސް، މީދުއްޕަރު، ރީތިފަރު ރިސޯޓްގެ އިތުރުން ކުޑަފުށި ހިމެނޭއިރު، ގުރޫޕް ބީގައި ހިމެނެނީ ރާޔާ، ޖޯލި ބީއިންގ، ހެރިޓެންސް އާރަށް، މާމުނަގައު އަދި ދިގަލި މޯލްޑިވްސް އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ