ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އައްޔަނުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން މުހައްމަދު ޝަފީގު މަހްމޫދު، މ. ޕޮޕީ، އެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހަށް މުއިއްޒު ފޮނުވި ދެ ނަމުގެ ތެރެއިން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރި އިންޓަވިއުއަށް ފަހު ފާސްވީ ޝަފީގްގެ ނަން އެކަންޏެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 75 މާކްސްއަށް ވުރެ ދަށުން ލިބޭ މީހުންގެ ނަމަށް ތަޅުމުގައި ވޯޓަށް ނާހާނެ އެވެ.
ޝަފީގްއަށް 83 މާކްސް ލިބުނެވެ. ދެން ފޮނުވި މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން، އަށް ލިބުނީ 53 މާކްސް އެވެ.
ތަޅުމުގައި ނެގި ވޯޓުގައި އެޗްއާރުސީއެމްއަށް ޝަފީގް އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
ޝަފީގަކީ އިންސާނީ ހައްގުތަކާ ބެހޭ ދާއިރާއަކުން ތައުލީމް ހާސިލު ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. އޭނާ އަތުގައި އޮތީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ މާސްޓާސް ސެޓިފިކެޓެކެވެ.
އޭނާ ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއޯއޯ ކަމާއި ސީއެފްއޯ ކަމާއި އައިޖީއެމްއެޗްގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެކުލަވާލި "މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަން ބޯޑު" ގައި ވެސް އޭނާ ހިމެނެ އެވެ.
އެޗްއާރުސީއެމްގެ މެންބަރު ކަމަށް ޝަފީގު އައްޔަންކުރަން ފާސްކޮށްފި އެޗްއާރުސީއެމްގެ މެންބަރު ކަމަށް ޝަފީގު އައްޔަންކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ