އެޗްއާރުސީއެމް މެމްބަރަކަށް މުހައްމަދު ޝަފީގް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް މުޙައްމަދު ޝަފީގު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޝަފީގް އައްޔަނުކުރުމަށް ނެގި ވޯޓުގައި އެވަގުތު ޖަލްސާއަށް ވަޑައިގެންނެވި ހުރހާ މެމްބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ހުސްވެފައިވާ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަގާމް ހުސްވުމުން ދެ މެމްބަރެއްގެ ނަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ނަން ފޮނުއްވެވިއެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ޝަފީޤްގެ ނަން އެކަންޏެވެ.
ހިއުމަންރައިޓްސް ކޮމިޝަނުގެ މެމްބަރުގެ މަގާމަށް ފޮނުވި އަނެއް ނަމަކީ މުހައްމަދު ފާރިސް ތާހާ އެވެ. ނަމަވެސް ކޮމިޓީގެ އިންޓަރވިއު މަރުހަލާއިން ފާރިސް އަށް ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދީފައިނުވާތީވެ، އޭނާއަށް މާކްސް ލިބުނީ މަދުންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މަގާމަށް އައްޔަނުކުރެއްވުމަށް މިއަދު މަޖިލީހުން ފާސްކުރެއްވި މުޙައްމަދު ޝަފީގަކީ މީގެ ކުރިން އެލްޖީއޭ އަދި އެމްއޭސީއެލްގެ ސީއީއޯކަން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ