އުރީދޫ އޮފީސްތަކުގެ ގޭމިން މުބާރާތް: ކަސްޓަމްސްއަށް ގިނަ ވަނަތަކެއް

އުރީދޫ ނެޝަނުން ކުރިއަށް ގެންދިޔަ އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 7 އިން 15އަށް މި މުބާރާތް ބޭއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓިމްތައް އެއްތަނަކަށް އެއްވެ، ދުނިޔޭގެ އެންމެ މަގުބޫލު ތިން ވާދަވެރި ޓައިޓަލް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ޓޯނަމަންޓްތަކުގައި ބައިވެރިވާ ގޮތަށެވެ.
ތަފްސީލް - މިފަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ވަރުގެ ބައިވެރިވުމެއް ފެނިގެންދިޔައިރު، އޭގެ ތެރޭގައި:
އީއޭއެފްސީ - 20 ކުންފުންޏަކުން 47 ކުޅުންތެރިން 
އެމްއެލްބީބީ - 5 ކުންފުންޏަކުން 9 ޓީމް (63 ކުޅުންތެރިން) 
ޕަބްޖީ މޮބައިލް - 9 ކުންފުންޏަކުން 11 ޓީމު (52 ކުޅުންތެރިން)
ޕަބްޖީ މޮބައިލުން މޮޅުވި ކުޅުންތެރިންނަކީ:
އެއް ވަނަ - ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް؛ 5،000ރ.
ދެ ވަނަ - އެމްޓީސީސީ؛ 3،000ރ.
ތިން ވަނަ - މޯލްޑިވްސް ކަސްޓަމްސް ސާވިސް؛ 2،000ރ.
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ):
އެއް ވަނަ - މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)؛ 5،000ރ.
ދެ ވަނަ - މޯލްޑިވްސް ކަސްޓަމްސް ސާވިސް؛ 3،000ރ.
ތިން ވަނަ - ބޭންކް އޮފް މޯލްޑިވްސް (ޔުނައިޓެޑް ބީއެމްއެލް)؛ 2،000ރ.
އީއޭއެފްސީ:
އެއް ވަނަ - ޖަނާން މުހައްމަދު، މޯލްޑިވްސް ކަސްޓަމްސް ސާވިސް؛ 5،000ރ.
ދެ ވަނަ - މާހިލް މުހައްމަދު، ޕްރިހާބް ޕްރައިވެޓް ލިމިޓެޑް؛ 3،000ރ.
ތިން ވަނަ - ހުސެއިން ޔައީޝް، ހިވިން އިންވެސްޓްމަންޓްސް؛ 2،000ރ.
ފާހަގަކޮށްލެވޭ - އުރީދޫ ނޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ދެވަނަ އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕްގެ ސަބަބުން ރާއްޖޭގައި ހަލުވިކަމާ އެކު ފުޅާވަމުން އަންނަ އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމްތަކާއި ކުޅުންތެރިން ބައިވެރިކުރުމުގެ ހާއްސަ ފުރުސަތެއް ލިބިގެންދިޔަ އެވެ.
މި މުބާރާތާ އެކު އީސްޕޯޓްސް މުޖުތަމައުތައް ކުރިއެރުވުމަށާއި ޑިޖިޓަލް މުނިފޫހިފިލުވުމުގެ އުފެއްދުންތެރި ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ ނޭޝަނުން ކުރާ މަސައްކަތް ފެނިގެން ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ