އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނެޝެނަލް ރަޖިސްޓްރޭޝަނުން އައްޑޫ ސިޓީގައި އައިޑީ ކާޑުގެ ހިދުމަތް ފެށިއިރު މި ހިދުމަތް ލިބޭނީ ހިތަދޫ އަދި ހުޅުދޫ އިން ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ދިނުންކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އަސާސީ ގިނަ ހިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒަކަށްވައިރު ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައިވެސް މި ހިދުމަތް ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ގައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ހިދުމަތް ގާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ. މިހާރު ރާއްޖޭގެ 23 އަށްވުރެ ގިނަ ރަށަކުން މި ހިދުމަތް ލިބޭނެއެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.
ހާލުގައި ދިރިއުޅޭ، ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން މަޝަވަރާކޮށްފި ނެޓްފްލިކްސްގެ “އޯލް ދަ ޝާކްސް”ގައި ދައްކާލި ފުވައްމުލަކުގެ މަންޒަރުތަކަށް އެންމެންގެ ލޯ ހުއްޓިއްޖެ ހުޅުދޫއިން ޓޫރިސްޓު ގެސްޓްހައުސްތަކަށް ހާއްސަކޮށް ބިން ދޫކުރަނީ 170 ދަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ