ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި ފުރައްސާރަ ކުރުމަށް ހިންގަމުންދިޔަ 42 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ސޯޝަލްމީޑިއާ ބޭނުންކޮށްގެން ސައިބާ ބުލީއިންގެ އަމަލުތައް ހިންގާ މިންވަރު އިތުރުވަމުން ދާތީ އެކަން ހުއްޓުވުމަށްޓަކައި ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
"މިގޮތުން ފާއިތުވި ހަފުތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ދަނީ ބަލަމުންނެވެ،" ފުުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ފުލުހުން ބުނީ އެގޮތަށް ހިންގާ ގިނަ ޕޭޖުތައް ހިންގަނީ ވެސް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ކަމަށާއި ސްކޫލްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން އެފަދަ ޕޭޖުތަކުގެ ޝިކާރައަށްވެފައިވާ ކަމަށެވެ.
އެފަދަ ޕޭޖުތައް ހިންގަނީ، ޕޭޖުތައް ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާ ކޮށްގެން، ފިލާތިބެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ޕޭޖުތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމުގެ އިތުރުން ނަފުސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް މިފަދަ ޕޭޖުތަކުގައި ޝާއިއު ކުރަމުންދެ އެވެ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ސައިބާ ބުލީއިން ނުވަތަ އިންޓަނެޓު މެދުވެރިކޮށް މީހުންނަށް ފުރައްސާރަކޮށް ހަނގާ ކުރުމުގެ މައްސަލަތަކަކީ މިފަހަކަށް އައިސް ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލަތަކެކެވެ. އެފަދަ މައްސަލަތައް އިތުރުވާތީ ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ވެސް ބައެއް ސްކޫލްތަކުގައި ކުރިއަށް ގެންދެ އެވެ.
ދަރިވަރުންނާއި ޓީޗަރުންނަށް ފުރައްސާރަކުރުމަށް ހިންގަމުންދިޔަ 42 ޕޭޖެއްގެ މައްސަލަ ތަހުގީގު ކުރަނީ ދަރިވަރުންނާއި ޓީޗަރުންނަށް ފުރައްސާރަކުރުމަށް ހިންގަމުންދިޔަ 42 ޕޭޖެއްގެ މައްސަލަ ތަހުގީގު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ