މާލޭ އުތުރުބަނދަރުގެ އޭ-ޒޯނުން އުޅަނދުފަހަރަށް ކަަރަންޓާއި ފެނުގެ ހިދުމަތް ދޭން ފަށައިފި

އަތޮޅުތަކަށް މުދަލާއި ޕަސިންޖަރުން އުފުލާ ނާލުބޯޓުފަހަރު ގާތްކުރާ މާލެ އުތުރު ބަނދަރުގެ "އޭ-ޒޯން" އިން (ބާޒާރު މައްޗާ ވީ ފަޅިން) އުޅަނދުފަހަރަށް އިއްޔެއިން ފެށިގެން ކަރަންޓާއި ފެނުގެ ހިދުމަތް ދޭން ފަށައިފި އެވެ.
މާލޭ އުތުރުބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބަނދަރުގައި ކުރިން ފެނާއި ކަރަންޓުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ބީ-ޒޯނާއި ސީ-ޒޯނުން ކަމަށާއި އޭ-ޒޯނުން އެެ ހިދުަމތް ދޭން ފެށީ ބޮޑުތަކުރުފާނު މަގުގެ އެ ސަަރަހައްދު ފުޅާކޮށް ނިމުމުން، އެ ހިދުމަތް ދޭން ރަައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. 
އެ މަސައްކަތް ފެށީ އެ ކުންފުނިން ބުނި ގޮތުގައި މި އަހަރުގެ މާޗުމަހުގެ ތެރޭގަ އެވެ.
"...މާލޭ ނޯތު ހާބަރުގެ އޭ ޒޯން އިން ފެނާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. މިހާރު އެ ޒޯނުން އެއް ފަހަރާ 48 އަށް އުޅަނދަށް ކަރަންޓް ފޯރުކޮށްދެވޭނެ އެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް މިހާރު ވަނީ އެ ސަރަހައްދުގައި ގާއިމްކޮށްފަ އެވެ،" އެމްޕީއެލް އިން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ހިދުމަތް ދޭން އެމްޕީއެލްގެ ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަކުރާ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ