މިއީ މިނިވަން ދުވަހުގެ ޖަލްސާއަކަށް ނުކިޔާ ފުރަތަމަ ފަހަރު؛ ޖަލުގައި އޮތްއިރު ވެސް ކިޔާ: ނަޝިދު

ޖަލުގައި އޮންނެވިއިރު ވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު ލިބިވަޑައިގަތް ކަމަށާއި މިއަދަކީ އެ ޖަލްސާއަށް ދައުވަތު ލިބިވަޑައިނުގަތް ފުރަތަމަ ފަހަރު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ހިތާމަ ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ރަސްމީ ޖަލްސާ ބޭއްވި ޒުވާނުންގެ މަރުކަޒުގެ ހޯލުގަ އެވެ.
އެ ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ސަފީރުންނާއި އިއްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ތަފްސީލު - އެ ޖަލްސާއަށް ދައުވަތު ލިބިވަޑައިނުގެން، އެކަމާ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އަޅުގަނޑު މަދަރުސާއަށް ވަން ފަހުން މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ނުކިޔާ މިއީ ފުރަތަމަ ފަހަރު،" ނަޝީދު ވިދާޅުވި އެވެ.
"ޖަލުގައި އޮތްއިރު ވެސް ކިޔާ."
ނަޝީދަށް ދައުވަތު ދެއްވިތޯ ރައީސް އޮފީހުން މައުލޫމާތު ސާފުކުރަން މަސައްކަތް ކުރި ނަމަވެސް، އެކަމާ ގުޅޭ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ފާހަގަކޮށްލެވޭ - މިއަދުގެ ޖަލްސާގައި ހަތަރު ބޭފުޅަކަށް ނިޝާން އިއްޒުއްދީންގެ ލަގަބާއި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ ޝަރަފު 66 ބޭފުޅަކަށް ވަނީ އަރުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ