ހުޅުމާލޭގައި ހުންނަ ގުދަނެއްގެ ތެރެއިން 2020ގައި ގިނަ އަދަދެއްގެ ކެނަބިސް ފެނުނު މައްސަލައިގައި ދައުވާކުރި އެ ކުންފުނީގެ ދެ މުވައްޒަފުންގެ ތެރެއިން އެކަކު ކޯޓަށް ހާޒިރުނުކުރެވިގެން ހުކުމްނުކުރެވި އޮތް މައްސަލަ ބޮޑުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން 14 ޖޫން 2020ގައި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި 6.8 ކިލޯގެ ކެނަބިސް ފެނިގެން ހައްޔަރުކުރީ:
މުހައްމަދު ޝަރީފް، އަސްރަފީގެ/ގދ. ވާދޫ
އަފްޒަލް ރަޝީދު، ކަރަންކާވިލާ/ގއ. ކޮލަމާފުށި
ވީކިހިނެއް؟ - ބޭސްފަރުވާއަށް ކަމަށް ބުނެ އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލާފައިވާތާ އަހަރުތަކެއް ވެފައިވާއިރު، އޭގެ ތެރެއިން ކޯޓަށް ހާޒިރުނުވަނީ ޝަރީފެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން ކްރިމިނަލް ކޯޓުން ޖުމުލަ ހަތް ފަހަރު މަތިން ތާވަލުކޮށް، އޭނާ ހާޒިރުނުވެގެން އަޑުއެހުން ކެންސަލް ކުރަން ޖެހިފައިވެ އެވެ.
ތަފްސީލް - ކްރިމިނަލް ކޯޓުން ބުނީ ޝަރީފް ހާޒިރުނުކުރެވޭތީ އެ މައްސަލައިގެ ހުކުމްކުރުމަށް ކޯޓަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެ ގޮތުން:
ޝަރީފް ކޯޓަށް ހާޒިރުނުވާތީ ބަންދުކޮށްގެން ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްގެން، މިދިޔަ އޭޕްރީލް މަހު އޭނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައި ވެސް ވޭ
އެކަމަކު މިހާތަނަށް ފުލުހުންނަށް އޭނާ ހޯދިފައެއް ނުވޭ
އެނގުން މުހިންމު - ޝަރީފާއި އަފްޒަލް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަަހައްޓާފައިވަނިކޮށް، ޝަރީފް ދޫކޮށްލަނީ ނޮވެމްބަރު 2021ގަ އެވެ. އެ ގޮތުން:
އޭނާ ބަންދުން ދޫކޮށްލަން ނިންމީ ދައުލަތުން އެދިގެން
ކަނޑު ހުޅުގެ އޮޕަރޭޝަނެއް ކުރަން ރާއްޖެއިން ބޭރަށް ދާން ޖެހޭތީ، ކަރެކްޝަންސްގެ ބަންދުގައި ހުރުމުން ބޭރަށް ފުރުމުގެ އިންތިޒާމު ހަމަނުޖެހި ގިނަ ދުވަސްވާތީ ކަމަށް ބުނެ
އޭގެ ފަހުން 2022ގައި އަފްޒަލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށް، އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އޭނާ ބަންދުން ދޫކޮށްލަން ނެރުނު އަމުރު ދަމަހައްޓައިފަ އެވެ.
ދައުވާ ލިބޭ މީހަކު ހާޒިރުނުކުރެވިގެން 6 ކިލޯގެ ޑްރަގް މައްސަލައެއްގައި ހުކުމްނުކުރެވިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ